Last Updated: April 21, 15:31
Monday, April 21, 2025
ޚަބަރު

ފޭދޫގެ 2 ވަނަ ޤުރުއާން މުބާރާތަށް ހުޅުވާލައިފި

އައްޑޫ ފޭދޫ އަވަށު އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މިދިޔަ އަހަރާ ހިލާފަށް މި އަހަރުގެ މުބާރާތް ބާއްްވަން ހަމަޖެހިފައި ވަނީ މުޅި އައްޑު އަށް ހުޅުވާލައިގެން ކަމަށް އަވަށު އޮފީހުން ބުންޏެވެ. އެގޮތުން

"ފޭދޫ ޤުރުއާން މުބާރާތް 1446" ގައި ބައިވެރިވެވޭނީ އައްޑޫގައި ރަޖިސްޓްރީވެފައިވާ ކުދިންނަށާއި އައްޑޫގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށެވެ.

ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭ ގޮތަށް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ 7 އުމުރުފުރައަށެވެ. އެއީ 6 އަހަރުން ދަަށާއި 9 އަހަރިން ދަށާއި 11 އަހަރުން ދަށާއި 13 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށެވެ.

މުބާރާތުގައި ކޮންމެ ގޮތްޕަކުން ވެސް ދެ ޖިންސްގެ ގަދަ ތިނެއް ހޮވައި، މުޅި މުބާރާތުގެ އެންމެ މޮޅު 5 އަންހެން އަދި ފިރިހެން ބައިވެރިން ހޮވުމުގެ އިތުރަށް މުޅި މުބާރާތުގެ ގަދަ ތިނެއް ހޮވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

މުބާރާތުގައި ބައިވެރިވާން ހުޅުވާލާފައި ވަނީ އަންނަ މަހުގެ 20 އާ ހަމައަށެވެ. މި ލިންކް https://forms.gle/YLsVzVmM8Nk3Qfxx5 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ފޭދޫ އަވަށުގެ އޮފީހުގެ ނަންބަރު 6892018 އިން އިން ހޯދޭނެ އެވެ.

ފޭދޫ އަވަށު އޮފީހުން އިންތިޒާމުކޮށްގެން މިދިޔަ އަހަރު ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތް ހާއްސަކުރީ ހަމައެކަނި ފޭދު އަށް އުފަން ކުދިންނަށެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ބޭއްވި މުބާރާތުގައި ޖުމްލަ 112 ދަރިވަރަކު ވާދަކުރި އެވެ.