Last Updated: February 5, 17:36
Wednesday, February 5, 2025
ޚަބަރު

ބްރޯޑްކޮމް އަށް މުހަންމާ އާއި ސަރާހަތު އައްޔަންކޮށްފި

މުހައްމަދު އަބްދުالله (މުހައްމާ) - ފޮޓޯ: އަވަސް

މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުالله (މުހައްމާ) އާއި ބްރޮޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަނު ކޮށްފި އެވެ.

ބްރޯޑްކޮމްއިން ރޭ ވަނީ އެ ދެ ބޭފުޅުން މަގާމަށް އައްޔަނު ކޮށްފައިވާކަން އިއުލާނު ކޮށްފަ އެވެ.

ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބްރޯޑްކޮމަށް މެންބަރުން އައްޔަނު ކުރުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ސަރާހަތު މަގާމަށް އައްޔަންކުރުމަށް ފެންނަކަމަށް 68 މެމްބަރަކު ދެއްވި އިރު ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން އަދި ފިލްމު ޕްރޮޑިއުސަރު މުހަންމާ އައްޔަން ކުރުމަށް ފެންނަކަމަށް 58 މެމްބަރަކު ވޯޓު ދެއްވި އެވެ.

ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު މިދިޔަ މަހު ހަމަވެފައިވާއިރު އެ މަގާމަށް ކުރިަމތިލުމަށް ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވި އިރު ލިސްޓު އޮތީ އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުންނެވެ.

އެގޮތުން އެ ލިސްޓުގައި އެންމެ ކުރީގައި އޮތީ މުހައްމާ އަދި އިބްރާހިމް މުއާޒު އަލީ (މުއާ) ގެ ނަމެވެ.

ނަމަވެސް ފަހުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު އާންމު ކުރި ރިޕޯޓުގައި 89 ޕަސެންޓާ އެކު އެ ލިސްޓުގެ ކުރީގައި އޮތީ ކޮމިޝަންގެ މެމްބަރުކަން ކުރިން ވެސް ކުރެއްވި އާމިނަތު ސަރާހަތެވެ. އަދި ލިސްޓުގެ ދެވަނައިގައި އޮތީ ތަޖުރިބާކާރު ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އެވެ.

އިންޓަވިއުއަށް ފަހު މުހައްމާ ލިސްޓުގެ ތިންވަނަ ތިން ވަނަ ދިޔަ އިތު މުއާޒުގެ ނަން ކޮމިޓީގެ ލިސްޓުން އޮތީ ކަޓައިފަ އެވެ.

ބްރޯޑްގެ މެންބަރު ކަމަށް ހުޅުވައިލީ އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި މަރިޔަމް ވަހީދާއި މެންބަރު އަލީ ޔޫސުފްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.