މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ޗައިނާގެ ޗެންގްޑޫ އަށް ފަށައިފި އެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ މި މަހު 6 ގައި ކަމަށްވާއިރު، މިއީ ރާއްޖެއިން ބޭރަށް އެ ބޯޓު ކުރާ ފުރަތަމަ ދަތުރެވެ.
އެ ބޯޓުގައި ޗައިނާގެ ޗެންގްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި 52 ފަސިންޖަރުން ވަނީ ޗައިނާ އަށް ދަތުރުކޮށްފަ އެވެ. އޭގެތެރެއިން 32 މީހުންނަކީ ފަތުރުވެރިންނެވެ.
A moment to remember! Welcoming our passengers for the inaugural flight to Chengdu. ✈️ A new journey begins.#Maldivian #Maldives #China #chengdu pic.twitter.com/9k3tYuPjVf
— MaldivianAero (@MaldivianAero) January 21, 2025
މި ބޯޓުން ޗައިނާގެ 3 ސިޓީއަކަށް ދަތުރުތައް ބާއްވަން ހަމަޖެހިފައެވެ. އެއީ ޗެންގްޑޫގެ އިތުރުން ޝެންހާއި، އަދި ބެއިޖިންއަށެވެ.
މިއީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ.
މޯލްޑިވިންއަންގެ ހިދުމަތް ފުޅާކުރަން މި އަހަރުގެ އޮކްޓޯބަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ ބޯޓެއް ވެސް ގެންނަން ހަމަޖެހިފައިވެ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ ގައުމުތަކަށް ވެސް ދަތުރުތައް ކުރާނެ އެވެ.
މީގެ ސަބަބުން އެ އެއާލައިނުން ރާއްޖެ އަށް އަހަރަކު 60،000 ފަސިންޖަރުން ގެނެވޭނެ ކަމަށް ބުނެފައިވެ އެވެ. އާ ބޯޓުގައި ތިން ކެޓަގަރީގެ ފަސިންޖަރުންނަށް ޚިދުމަތް ދޭނެ އެވެ އެއީ އިކޮނޮމީ، ބިޒްނަސް އަދި ޕްރީމިއަމް ކްލާހުގަ އެވެ.