Last Updated: May 7, 06:17
Wednesday, May 7, 2025
ޚަބަރު

ފަޒުލްގެ މައްޗަށް ލިޔެކިޔުންތައް ނައްތާލުމުގެ ތުހުމަތު

"ބިންވެރިޔާ" ސްކީމްގެ ތެރެއިން ނަހަމަ މުއާމަލާތްތަކެއް ހިންގާފައިވާ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ މައްޗަށް ކުރަނީ ސްމީ ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރިކަމުގެ ތުހުމަތު ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ކުންފުނީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ފަޒުލްގެ ބަޔާން ވެސް ނަގާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ އިރު، އޭނަގެ ޕާސްޕޯޓް ވެސް ފުލުހުން ވަނީ ހުއްޓުވައިފަ އެވެ.

ހުޅުމާލެ އިން އުސޫލުން ބޭރުން ގޯތި ދޫކުރި މައްސަލައިގައި ފަޒުލް ސަސްޕެންޑްކޮށްފައި ހުންނަވަނިކޮށް، މިދިޔަ މަހުގެ 21 ގައި އޭނަ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ފަޒުލްއަށް ކުރެވޭ ތުހުމަތުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އޭނަ ދިރިއުޅޭ މ. ޒޭވަރު މިދިޔަ މަހުގެ 22 ގައި ފުލުހުން ބަލައި ފާސްކުރުމުގެ ތެރޭގައި އެގެއިން 1.4 މިލިއަން ރުފިޔާ ވެސް ފެނިފައިވެ އެވެެ. ނަމަވެސް އެ ފައިސާ އަކީ ފަޒުލްގެ ކުންފުނިން ލޯންޗް ބަނުމަށްޓަކައި ރިލެކްސް ފެރީ ސާވިސްއިން ދިން ފައިސާ ކަމަށް ބުނެފައުވެ އެވެެ.