މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރުއްސާރަކުރި ކަމަށް ތުހުމަތުކޮށްފައިވާތީ އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށައިފި އެވެ.
އެ މައްސަަލައާ ގުޅިގެން ކޮމިޓީގެ ބައްދަލުވުމެއް ހޯމަ ދުވަހު ބާއްވާފައިވެ އެވެ. އަދި މައްސަލައާ ގުޅިގެން އިއްޔެ ހެނދުނު 11:00 ގައި ޖަވާބުދާރީވާން ފަޒީން ކޮމިޓީ އަށް ހާޒިރުކުރި އެވެ.
ނަމަވެސް ދެ ކޮމީޓި ބައްދަލުވުންވެސް ކުރިއަށް ދިޔައީ ސިއްރުކޮށްގެންނެވެ.
ބްރޯޑް ކޮމަށް ފަޒީން އައްޔަންކުރީ މާޗް 7، 2021 ގަ އެވެ. އޭނަ އަކީ ކުރިން ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) އާއި ރާއްޖެ ޓީވީގައި ވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.