Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ޗައިނާ ޓޫރިސްޓުން ބާރަށް އިތުރު އިތުރު ވަނީ

މޯލްޑިވިއަންގައި ރާއްޖެ އައި ޗައިނާގެ ޓޫރިސްޓުންތަކަކަށް މަރުހަބާ ކިޔަނީ. ފޮޓޯ/ މޯލްޑިވިއަން

އަހަރު ފެށުނު އިރު ޗައިނާ އިން ޓޫރިސްޓުން އަންނަ މިންވަރު މަދު ނަމަވެސް އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފަށައިފި އެވެ.

މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާ އިން މި އަހަރުގެ މިހާތަނަށް 14،203 ޓޫރިސްޓުން އައިސްފައިވެ އަށް އެވެ. މިއާ އެކު އެ ގައުމު މިހާރު އޮތީ ގަދަ 10 ގެ ދެވަނަ އަށް ޖެހިލައިފަ އެވެ.

ޗައިނާ އިން އަންނަ ޓޫރިސްޓުން އަންނަ އިތުރުވަމުުން އަންނަ އިރު، ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑޯ ބޯޓްގެ ދަތުރުތައް ވެސް މި ހަފުތާގައި ފުރަތަމަ ފެށީ ވެސް ޗައިނާއަށެވެ. އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި އެ އެއާލައިނުން ރާއްޖެ އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ބެލެވެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 132،235 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިހާރު އެވްރެޖްކޮށް ދުވާލަކަށް 6،612 ޓޫރިސްޓުން އާދެ އެވެ. މި އަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ޓޫރިސްޓުން އައި މި މަހުގެ 12 ގަ އެވެ. އެ ދުވަހު 8،174 ޓޫރިސްޓުުން އަ އެވެ.

މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމަށް ބަލާ އިރު އެއް ވަނައިގައި އޮތީ ރަޝިއާ އެވެ. މިދިޔަ އަހަރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އެ ގައުމުން މި އަހަރުގެ މިހާތަނަށް 16،073 ޓޫރިސްޓުން އައިސްފައިވެ އެވެ. ގަދަ ފަހެއްގައި ދެން ހިމެނެނީ ޗައިނާ އާއި އިޓަލީ (14،053 ޓޫރިސްޓުން)، ފަތުރުވެރިން އިނގިރޭސިވިލާތް (11،885 ޓޫރިސްޓުން) އަދި ޖަރުމަން (8،064 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު 2 މިލިއަން ޓޫރިސްޓުން އަ އެވެ.