ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް މިއަދު ވައިޓް އެލާޜް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:30 އާ ހަމައަށެވެ. އެގޮތުން އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ފުރުސަތު ވެސް އޮތުމާ އެކު އެކަމަށް ދުރާލައި ފިޔަވަޅުތައް އަޅަން އިލްތިމާސްކުރާ ކަމަށެވެ.
އަދި ކުރިއަތް އޮތް 24 ގަޑިއިރު ހުރިހާ ހިސާބަކަށް ވެސް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެެ.