ދެކުނު ކޮރެއާގެ ކުންފުނި، ސެމްސަންގުން ގެލެކްސީ ސީރީޒްގެ އާ ފޯނުތަކެއް ދައްކާލައިފި އެވެ.
ރޭ ބޭއްވި މި އަހަރުގެ "ގެލެކްސީ އަންޕެކްޓް" އިވެންޓްގައި ވަނީ ގެލެކްސީ އެސް25 ގެ ތިން މޮޑެލްއެއް ދައްކާލައިފި އެވެ. އެގެ ތެރޭގައި ހިމެނެނީ 'ގެލެކްސީ އެސް25 އަލްޓްރާ' އާއި 'ގެލެކްސީ އެސް25 ޕްލަސް' ގެ އިތުރުން 'ގެލެކްސީ އެސް25" އެވެ.
ސެމްސަަންގުން ބުނީ މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ގިނަ ފީޗާތަކެއް އެކުލެވޭނެ ފޯނުތަކެއް ކަމަށާއި މި ސީރީޒްގެ ފޯނުތަކުގައި ހިމަނާފައި ވަނީ ސްނެޕްޑްރެގަން 8 އެލީޓް ޕްރޮސެސާ ކަމަށެވެ.
'ގެލެކްސީ އެސް25 އަލްޓްރާ" އަކީ 6.9 އިންޗީގެ ފޯނެކެވެ. މީގެ އަގު ފެށެނީ 1،299 ޑޮލަރުންނެވެ. 'ގެލެކްސީ އެސް25 ޕްލަސް' އަކީ 6.7 އިންޗީގެ ފޯނެކެވެ. މީގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. އަދި 'ގެލެކްސީ އެސް25' އަކީ 6.2 އިންޗީގެ ފޯނެކެވެ. މީގެ އަގު ފެށެނީ 799 ޑޮލަރުންނެވެ.
މި ފޯނުތަކަށް މިހާރު އޯޑަރު ނަގަން ފަށާފައިވާ އިރު، އާންމުކޮށް ފޯނު ވިއްކަން ފަށާނީ އަންނަ މަހުގެ 7 އިން ފެށިގެންނެވެ.