Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ހިތަދޫގެ ފަގީރު އާއިލާތައް ދެނެގަންނަނީ

ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ހިތަދޫގެ ފަގީރު އާއިލާތައް ދެނެގަތުމުގެ މަސައްކަތް އެ އަވަށުގެ ނޫރުލް އިސްލާމް ޖަމިއްޔާ އިން ފަށައިފި އެވެ.

އެ ޖަމިއްޔާ އިން ވަނީ އެފަދަ އާއިލާތަކާ ބެހޭ މައުލޫމާތު ފޯރުކޮށް ދޭން ވެސް އެދިފަ އެވެ. އެގޮތުން އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ފޯމެއް މެދުވެރިކޮށް މައުލޫމާތު ޖަމިއްޔާއާ ހިއްސާކޮށް ދޭން ހުޅުވާލާފައި ވަނީ އަންނަ މަހުގެ 6 އާ ހަމައަށެވެ.

ނޫރުލް އިސްލާމުން ބުނޯ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 9948762 އަށް ގުޅައިގެން އެހީތެރިކަން ހޯދޭނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ހިތަދޫގެ ފަގީރު އާއިލާތަކަށް ކާބޯތަކެތި ހަދިޔާ ކުރުމުގެ މަސައްކަތް އެ ޖަމިއްޔާ އިން ކުރިއަށް ގެންދެ އެވެެ. މިއީ ހެޔޮއެދޭ ފަރާތްތަކާއި ވިޔަފާވެރިންގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމެކެވެ.