މި އަހަރުގެ 'ވޯލްޑް ސްކޫލް ސަމިޓް' ގައި ދިވެހި ދެ ޓީޗަރަކަށް އެވޯޑް ލިބިއްޖެ އެވެ.
މި ހމަހުގެ 18 ގައި މެލޭޝިޔާގެ ހެލްޕް އިންޓަނޭޝަނަލް ޔުނިވާސިޓީގައި ބޭއްވި 'ވޯލްޑް ސްކޫލް ސަމިޓް' ގައި އެވޯޑް ހާސިލު ކުރެއްވީ ރާއްޖޭގެ އެންމެ މަގޫބުލު ޕްރައިވެޓް ކޮލެޖްތަކުގެ ތެރޭގައި ހިމެނޭ އެވިޑް އިންޓަނޭޝަނަލް ކޮލެޖް ޗެއާމަން އަބްދުﷲ މުސްތާގް އާއި މަޖީދިއްޔާ ސްކޫލްގެ ކްރިއޭޓިވް އާޓް ޓީޗަރު މަރިޔަމް ޝެރީން އެވެ.
މުސްތާގަށް ސަމިޓްގައި ލިބުނީ ވިޝަނަރީ ލީޑާ އޮފް ދި އިޔާގެ އެވޯޑެވެ. ޝެރީން އަށް ލިބުނީ އެކްސެލެންސީ އިން ޓީޗިން އެވޯޑެވެ.
ތޭވީސް ވަނަ 'ވޯލްޑް ސްކޫލް ސަމިޓް' ގައި 17 ގައުމަކުން ބައިވެރިވެފައިވެ އެވެ