Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

މޯލްޑިވިއަންގެ އާ ބޯޓުން ޗައިނާގެ 172 ޓޫރިސްޓުން

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިއަންގެ ފުރަތަމަ ވައިޓް ބޮޑީ ބޯޓުން ޗައިނާ އަށް ފެށި ދަތުރުތަކާ އެކު ޗެންގްޑޫ އިން ރާއްޖެ އަށް ބޭއްވި ފުރަތަމަ ދަތުރުގައި މިއަދު 172 ޓޫރިސްޓަކުން އަތުވެއްޖެ އެވެ.

އެ ޓޫރިސްޓުންނަށް ހެނދުނު މަރިހަބާ ކިޔަން ވެލާނާ އެއާޕޯޓްގައި ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި ޓޫރިސްޓުންނަށް މޯލްޑިވިއަނުން އެ މީހުންގެ ލަގެޖްތައް ޗެކިން އިން ދޫކޮށްލި އިރު، ހަދިޔާއެއް ވެސް ދީފައިވެ އެވެ.

ޗެންގްޑޫ އިން ރާއްޖެ އަށް މޯލްޑިވިއަނުން ކުރި ފުރަތަމަ ދަތުރުގައި ޖުމްލަ 192 މީހުން އަ އެވެ. އެކަމަކު ޓޫރިސްޓުންގެ އަގޮތުގައި އަައި މީހުންގެ އަދަދަކީ 172 އެވެ. ޗައިނާ އަކީ މިހާރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ އެ ގައުމުންނެވެ.

މޯލްޑިވިއަނުން ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ކުރަން ހަމަޖެހިފައިވެ އެވެ. އެއީ ޗެންގްޑޫގެ އިތުރުން ޝަންހާއީ އަދި ބެއިޖިންއަށެވެ.

މި އަހަރުގެ އޮކްޓޯބަރުގައި އިތުރު ވައިޑް-ބޮޑީ ބޯޓެއް ގެނެސްދިން ޔޫރަޕަށް ވެސް ދަތުރުތައް ފަށަން އޮތީ ނިންމައިފަ އެވެ.