ދަނޑުވެރިކަމުގެ ދާއިރާ އިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ސްކޮލަޝިޕް ފުރުސަތުތަކަށް ހުޅުވާލައިފި އެވެ.
މީގެ ތެރޭގައި ހިމެނެނީ މާސްޓާސް ޑިގްރީގެ އެއް ފުރިސަތާއި ބެޗްލާސް ޑިގްރީގެ ހަތަރު ފުރުސަތެވެ.
މި ސްކޮލަޝިޕްގެ ދަށުން މާސްޓާސް ޑިގްރީގެ ޝަރުރުތަކުގެ ތެރޭގައި، ކޯހުގެ ދާއިރާ އާއި ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް ހާޞިލުކޮއްފައިވު މާއެކު ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހާޞިލުކޮށްފައިވުން ހިމެނެ އެވެ.
ބެޗްލާސް ޑިގްރީއަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކަކީ އޯ ލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުމުގެ އިތުރުން އޭ ލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާޞިލުކޮށްފައިވުމެވެ.
ސްކޮލރޝިޕްތަކަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އަންނަ މަހުގެ 20 އާ ހަމައަށެވެ. އިތުރު މައުލޫމާތު މި ނަމްބަރު 3033484 އިން ހޯދޭނެ އެވެ.