Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ގަން ފުލުހުންގެ ތަހުގީގަކަށް ތިނަދޫ ޒުވާނަކު ހޯދަނީ

އައްޑޫ ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ތިނަދޫ ސިޓީގެ ޒުވާނަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯދަނީ ތިނަދޫ ދެނޫން، ނޫރުﷲ ނިޔާޒް ރަޝީދު، 26، ކަމަށެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ގަން ޕޮލިހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ އަންނަ މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ނޫރުﷲ ގަން ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގާފައިވެ އެވެ.