ހުޅުމާލެގެ އެޕާޓްމަންޓަކުން ވަގަށް ނެތި ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ފޭސް 2 ގެ އެޕާޓްމަންޓަކުން ވައްކަންކުރި މައްސަލަ ހުށަހެޅީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފޭސް 2 ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން، ތުހުމަތު ކުރެވޭ މީހާ ހޯދައި ސުވާލުކޮށް އެ ތަކެތި ހޯދާފައިވާ އިރު، އޭގެ ތެރޭގައި ސެންޓު ފުޅިތަކަކާއި އަންނައުނާއި ބޫޓު އަދި އަވިއައިނު ހިމެނެއެވެ. އެ ތަކެތީގެ އަގު 2،000 ޑޮލަރު ކަމަށް ވެރިފަރާތުން މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.