އައްޑޫ ގަމުގައި ހިންގަމުންނަ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް ހިންގަމުން އަންނަ އެ ފްލައިން ސްކޫލްގައި ކޮމާޝަން ޕައިލެޓް ލައިލަންސް (ސީޕީއެލް) އާއި ޕްރައިވެޓް ޕައިލެޓް ލައިސަންސް (ޕީޕީއެލް) ވެސް ހިންގަ އެވެ.
އެހެންވެ އޭވިއޭޝަން އެކެޑަމީގައި ޕައިލެޓް ކޯސް ހަދަން ބޭނުންވާ ޒުވާނުންނަށް ކޯސްތަކާ ބެހޭ މައުލޫމާތު މި ނަންބަރު 7914242 އަށް ގުޅައިގެން ހޯދޭނެ އެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ އަކީ ގައުމީ ޔުނިވަސިޓީ ގުޅިގެން އުފެއްދި ތަނެކެވެ. އަދި އެ ފްލައިން ސްކޫލް ހިންގަނީ ޗެކްރިޕަބްލިކްގެ ފްލައި ސްކޫލާ ގުޅިގެންނެވެ. މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގައި ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތް ފެށީ 2022 ގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.