އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) ގެ ޗެއާމަންގެ މަގާމަށް އަހުމަދު ޝަފީއު އައްޔަންކޮށްފި އެވެ.
އޭނަ އެ މަގާމަށް އައްޔަންކުރި އިރު އެންމެ ފަހުން ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްތްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. ޝަފީއު ވަނީ މީގެ ކުރިން ވެސް ސަރުކާރާއި ކުންފުނިތަކާއި އަމިއްލަ ބައެއް ތަންތަނުގައި ވެސް އިސް މަގާމުތަކެއް އަދާކުރައްވައިފަ އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ސަރުކާރުގައި އޭނަ ފިޝަރީޒް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.
އައިއޭއެސްގެ ޗެއާމަނަކަށް އައްޔަންކުރި އިރު، އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިޔާސް އެވެ.