Last Updated: April 21, 10:12
Monday, April 21, 2025
ޚަބަރު

ގަން އެެއާޕޯޓަށް އޭވިއޭޝަން ސެކިއުރިޓީން ހޯދަނީ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނީން ހޯދަން އިއުލާންކޮށްފ އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވީސީ) އިން ބުނީ އެ މަގާމަށް ބޭނުން ވަނީ ހަ މުވައްޒަފުން ކަމަށާއި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 4 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެޕްލިކޭޝަން ހުޅުލޭގައި ހުންނަ އޭވީސީގެ ހެޑްކުއާޓަރަށެވެ. އެޕްލިކޭޝަންތައް އީ-މެއިލް career@avsecom.gov.mv މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ.

އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނޫންގެ އަސާސީ މުސާރަ އަކީ މަހަކު 5920.00ރ. އެވެ. އަދި ސާވިސް އެލަވަންސަށް މަހަކު 1500.00ރ. ލިބޭނެ އެވެ. މީގެ އިތުރުން އެހެނިހެން އެލަވަންސްގެ ގޮތުގައި ޑިއުޓީ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާ 60.00ރ. އާއި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓާއި ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަންގެ އތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ވެސް ލިބޭނެ އެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު، ދިވެހިން 'ސީ' ފާސްލިބިފައިވުން ނުވަތަ ގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެސަނަދެއް ޙާޞިލްކޮށްފައިވުން ހިމެނެ އެވެ.

އޭވީސީން ބުނީ މަގާމުމަށް މީހުން ގޮވަން ބާއްވާ އިންޓަވިއުއާ އި އިމްތިޙާން އޮންނާނީ، އަންނަ މަހުގެ 9-20 ދެދެމެދު ކަމަށެވެ.

ގަން އެއާޕޯޓްގެ އިތުރުން މަޑިވަރު އެއާޕޯޓާއި މާވަރުލު އެއާޕޯޓްގެ އިތުރުން ދާލު އެއާޕޯޓަށް ވެސް އޭވިއޭޝަން ސެކިއުރިޓީން ހޯދަން އިއުލާންކޮށްފައިވެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރުތަކުން 3013370-3013411 ހޯދޭނެ އެވެ.