މި އަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެކަން ހިއްސާކުރެއްވި ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ.
1 ޝަޢުބާން އެއީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޝަހީދުންގެ ދުވަހެވެ. މި ދުވަސް މީލާލުން މި އަހަރު ދިމާވަނީ މި ޖަނަވަރީ މަހުގެ 31ވަނަ ދުވަހާއެވެ. މި އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ހަރަކާތްތަކެއް ރޭވެމުން އެބަ ދެއެވެ.
ކުރެހުން: ސދ pic.twitter.com/ds9Ukb3qDd— Adam Naseer Ibrahim (@Minister_MDLCH) January 25, 2025
ޝަހީދުންފެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ. މި އަހަރު އެ ދުވަސް ދިމާވީ މި މަހުގެ 31 އާ އެވެ.
ޝަހީދުން ދުވަސްވަކީ ގައުމާއި މިނިވަންޓަކަމައި ހަނގުރާމަކޮށް ޝަހީދުވެ ދިޔަ އަބުތާލުންގެ ހަނދާނުގަ އެވެ.