Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

'ސައިމާ' ބޯޓް ފަރަކަށް އަރައިފި

އައްޑު އާއި މާލެއާ ދެމެދު މުދާ އުފުލާ "ސައިމާ" ބޯޓް ފަރަކަށް އަރައި، ބޯޓް ދިޔަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މާލެ އިން ފުރައިގެން އައްޑު އަށް ދަތުރު ކުރަނިކޮށް އެ ބޯޓް އެރީ ލ. އަތޮޅު މާމެންދޫ ބޭރު ފަރަކަށެވެ. އެއީ ރޭ 7:30 އެހާކަށްހާ އިރު އެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން ބޯޓް އޮތް ސަރަހައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

"ސައިމާ" އަކީ އައްޑު އާއި މާލެއާ ދެމެދު ދަތުރުކުރާތާ ގިނަ ޒަމާންތަކެއްވީ ބޯޓެކެވެ.