Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ޒަހަމްކޮށްލި މީހަކަށް ފަރުވާ ދީފި

މާލޭގައި ރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލޮ މީހަކަށް ފަރުވާ ދީފި އެވެ.

ފުލުހުން ބުނީ 27 އަހަރުގެ ދިވެހި ޒުވާނާ އައިޖީއެމްއެޗަށް ގެންދިޔަމުގެ މައުލޫމާތު ލިބުނީ ރޭ 11:40 އެހާކަށްހާ އިރު ކަމަށެވެ. އަދި އޭނަ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ނަމަވެސް ޒަހަމްވި މީހާއާ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ. އަދި އޭނަ އަށް ހަމަލާ ދިން މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.