ފުވައްމުލަކުގައި ކްރިއޭޓާ ހަބެއް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުން ހަދާފައި ވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އެވެ.
ބީސީސީގައި ބޭއްވި ރަސްމިްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު އެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގެވެ.
މިކަމާ ގުޅޭ ގޮތުން ޒިޔާއު ވިދާޅުވީ އަތޮޅުތަކުގައި ގާއިމުކުރާ ކްރިއޭޓަ ހަބުތަކުގެ ސަބަބުން ރައީސް ޑރ. މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި ފަންނުވެރި އިގުތިޞާދެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ހަލުވި ވެގެންދާނެ ކަމަށެވެ. އަދި ފަންނުވެރިންނަށް ފުރުޞަތުތައް ފަހިވުމާއެކު، އެފަދަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލުތަކެއް ވެސް ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމުގެ މަސައްކަތުގެ ދަށުން ފަންނީ އަދި އީޖާދީ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހު ފަންޑެއް ވެސް އިފުތިތާހުކޮށްފައިވެ އެވެ.
މި ފަންޑުން ހުށަހަޅާ ކޮންމެ ފަރާތަކަށް ވެސް 50،000-300،000ރ. އާ ދެމެދުގެ އެހީއެއް ދެވޭނެ އެވެ. އަދި
ފަންޑުގެ ތެރެއިން މައިގަނޑު ދާއިރާއަކުން އެހީތެރިކަން ލިބޭނެއެވެ. އެއީ ފިލްމް އުފެއްދުމަށާއި، މިއުޒިކް އުފެއްދުމަށާއި، އާޓްސް އެންޑް ކްރާފްޓް ދާއިރާ އާއި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާ އެވެ.
ފުވައްމުލަކުގައި ކްރިއޭޓަ ހަބް ހަދަން ހަމަޖެހިފައި ވަނީ އެ ސިޓީގެ ލޯކަލް މާރުކޭޓުގެ ފުރަތަމަ ބުރީގަ އެވެ.
މާލޭގައި ހަދާ ކްރިއޭޓާ ހަބު އިމާރާތް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.