ގަހުގެ ފަތްތަކުން ދިޔަ ބައިގެން އުޅޭ ހުދު ކޫޑި އަކީ އެ ސޮރުމެންނަށް އެކަށީގެންވާ މާހައުލެއްގައި ވަރަށް އަވަހަށް ގިނަވެ ގަސްތަކަށް ނުހަނު ގިން ގެއްލުންދޭ ސުތްޕެކެވެ. އާންމުކަށް ހުދު ކޫޑި ފެންނާނީ ފަތްތަކުގެ ދައްފުށުންނެވެ. ގެއްލުން ދޭ ގަސްތަކުގެ ތެރޭގައި ސޮލަނޭސީ އާއިލާ އަށް ނިސްބަތްވާ ގިތެޔަމިރުސް، ބަށި،ޓަމާޓޯ، ތޮޅިމިރުސް ފާހަގަކޮށްލެވެ އެވެ.
ރާއްޖެއިން މައިގަ ނޑުގަތެއްގައި ފެންނަނީ ދެ ވައްތަރެއްގެ ހުދު ކޫޑިއެކެވެ. އެއީ ސިލްވަ ލީފް ވައިޓް ފްލައި އާއި ގްރީން ހައުސް ވައިޓް ފްލައި އެވެ. މި ދެ ވައްތަރު ވެސް މިހާރުވަނީ މުޅި ރާއްޖެއަށް ފެތުރިފަ އެވެ. ހުދު ކޫޑީގެ ހުރިހާ ވައްތަރެއް ވެސް ގަސްތަކަށް ގެއްލުން ދެނީ، ހޮނޑުހަރައި ގަހުން ދިޔަ ބޮއިގެންނެވެ. އަދި މީގެ ތެރޭގައި އެއްގަހުން އަނެއް ގަހަށް ބަލި ފަތުރާ މެދުވެރިއެއްގެ ދައުރު ވެސް އަދާ ކުރެއެވެ.
ޙާއްސަކޮށް ގިނަ ބާވަތުގެ ވައިރަސް ބަލިތައް އެއް ގަހުން އަނެއް ގަހަށް ފަތުރަނީ ދިޔާ ސޫފިތަކެވެ.
ހަޔާތުގެ ބުރު:
ބިސް: އާންމުކަށް ބިސްއަޅާނީ ފަތުގެ ދައްފުށަށެވެ. އަދި 4-51 ދުވަހު ތެރޭގައި ބިސް ވިހާނެ އެވެ.
ނިންފް: މިއީ ބިހުން ވިހެއުމަށް ފަހު މައި ކޫޑި އަކަށް ވުމާދޭތެރޭ ކަޑައްތު ކުރާ ދުވަސްވަރެވެ. ނިންފް ގެ ފިޔައެއް ނުހުންނާނެއެވެ އަދި އިންނާނީ އާންމުކަށް މާބޮޑު ހަރަކާތެއް ނެތި އެއްތަނެއްގައެވެ. ހަޔާތުގެ ބުރެއް ހަމަ ކުރުމަށްޓަކައި 6-8 ހަފުތާއާ ދެމެދުގެ ވަގުތެއް އާންމުކަށް ހޭދަވެ އެވެ.
ގެއްލުން އަދި އަލާމާތްތައް:
ހުދު ކޫޑިއަކީ ގަހުގެ ދިޔަބޯ ފަނިފަކުސާއެކެވެ. އޭގެ މައިއެތިވެސް އަދި ކުދި ނިންފްތައްވެސް ގަހުން ދިޔަ ބޯނެ އެވެ. ފަތްތަކުގެ ދަށްފުށުން ދިޔަ ބުއިމުގެ ސަބަބުން އާންމުކޯށް ފަތްތަކުގެ މަތީ ފުށުން ތިކިތަކެއް ޖަހައި، ކުލަ މަޑުވުމުގެ ނިޝާންތަކެއް ފެންނާނެ އެވެ.
ކޫޑީގެ އަދަދު ވަރަށް ގިނަ ނަމަ ފަތްތައް ރީނދޫވެ، ގުރުޑުވެ ހިކެން ފަށާނެއެވެ. އަދި ފަތްތައް ހެދިބޮޑުވުން ހުއްޓި ވެއްޓެން ފަށާނެ އެވެ. ހުދު ކޫޑި އަކީ ދިޔަބޯ ފަނިފަކުސާއެއް ކަމަށް ވުމުން، އެއްގަހުން އަނެއް ގަހަށް ވައިރަސް ބަލިތައް ފެތުރުމުގެ ފުރުސަތު ވަރަށް ބަޑުވާނެއެވެ. އެހެނިހެން ދިޔަބޯ ފަނިފަކުސާއެކޭ އެއްފަދައިން، ކޫޑިވެސް ގަހުން ދިޔަ ބުއިމަށް ފަހު ގަހުގެ އެކި ގުނަވަންތަކަށް ފަނި ދޫކޮށްފައި ހުރެ އެވެ.
މި އަށް ކިޔައި އުޅެނީ ހަނީ ޑިއު އެވެ. ދޫކަށްފައި މިހުންނަ ދިޔައިގައި ފަންގަސް ޖަހައި ކަޅުކުލަ އަށް ބަދަލުވެ އެވެ. މިއަށް ކިޔަނީ ސޫޓީ މޯލްޑް އެވެ. މި ފަންގަސް ޖެހުމުގެ ސަބަބުން ގަހުގެ ހެދިބަޑުވުން ހުއްޓި ފަތްތައް ފައިބަން ފަށަ އެވެ.
މައުލޫމާތު: ދަނޑުވެރިޔާ.ގަވް،އެމްވީ