Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ފޭދޫ ރައްޔިތުންނާ އެކު މިރޭ ބައްދަލުވުމެއް

ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ.

އައްޑޫ ފޭދޫ ރައްޔިތުންނާ އެކު ކައުންސިލުން މިރޭ ބައްދަލުވުމެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

އެ ބައްދަލުވުން އޮންނާނީ ފޭދޫ ސްކޫލްގައި މިރޭ 8:30 ގަ އެވެ.

މި ބައްދަލުވުމަކީ ފޭދޫގެ އުތުރުން ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސަރަޙައްދަކީ ކުރިއަށް އޮތް ތަނުގައި ވިޔަފާރީގެ ބޭނުމަށް ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައަޅާފައިވާ ސަރަޙައްދެއްކަމުން، އެތަން ބޭނުން ކުރާނެ ގޮތަކާ މެދު ރައްޔިތުންނާ މަޝްވަރާ ކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެކެވެ.

އެހެންވެ ވީހާ ވެސް ގިނަ ބަޔަކު ބައްދަލުވުމުގައި ބައިވެރިވާން ފޭދޫ އަވަށު އޮފީހުން އެދެ އެވެ.