Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ފޭދޫ ހޭޅިފަށުން ރުއް ކަނޑާ މައްސަލަ ބޮޑުވެއްޖެ!

އައްޑޫ ފޭދޫގެ ހޭޅިފަށުން ރުއް ކަނޑައި، ރުއްތައް ކުރިކުރާ މައްސަލަ ބޮޑުވެފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

މިކަމާ ގުޅިގެން ނެރުނު އިއުލާނެއްގައި ކައުންސިލުން ބުނީ އަވަށް ރައްކާތެރި ކުރުމަށްޓަކައި ޖަހާފައިވާ ރުއްތައް، ބަޔަކު ކަނޑައި ރުއް ކުރި ކުރަމުންދާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. އަދި ރުއްތައް ކުރި ކުރުމަށް ފަހު ރުކުގެ ކުރިގަނޑު ވިއްކަމުންދާކަމުގެ ޝަކުވާ ވެސް ތަކުރާރުކޮށް ލިބެމުންދާ ކަމަށް ފޭދޫ އަވަށު އޮފީހުން ބުންޏެވެ.

އެހެންވެ މިކަން ހުއްޓުމުވަށް ފޭދޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް އަވަށު އޮފީހުން ބުންޏެވެ. އެގޮތުން ބަޔަކު ރުއްތަކަށް ގެއްލުންދޭތަން ފެނިއްޖެ ނަމަ، ނުވަތަ އެފަދަ މަޢުލޫމާތެއް ލިބިއްޖެ ނަމަ އަދި ރުއްކުރި އެއްވެސް ބަޔަކަށް ވިއްކަމުންދާކަމުގެ މަޢުލޫމާތު ލިބިއްޖެ ނަމަ އޮފީހުގެ ނަންބަރު 7789044 އަށް ގުޅައި ރިޕޯޓުކޮށް ދޭން އެދިފައިވެ އެވެ.