މީހެއްގެ އެކައުންޓުން ވަގަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތިނަދޫ، ސްކޫނާ ހުސައިން ޝާހިލް މުހައްމަދު، 22، އެވެ.
އޭނަގެ މައްޗަށް މަކަރާއި ހީލަތުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އެ ކުށަށް ޝާހިލް އިންކާރުުކޮށްފައިވެ އެވެ.
ނަމަވެސް އިންވެސްޓިގޭޝަން އޮފިސަރުގެ ބަޔާނާާ ހަވާލާދީ ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނީ މަކަރާއި ހީލަތުން 100،000 އަށް ވުރެ ގިނަ ރުފިޔާ އެކައުންޓަކުން ނަގައި އެއިން 95،000ރ. ޖަމާކުރީ ޝާހިލްގެ އެކައުންޓަށް ކަމަށެެވެ. އަދި އޭގެން ބައެއް ފައިސާ ނަގައި އެހެން އެކައުންޓްތަކަށް ޓްރާންސްފާ ކުރިކަން ސްޓޭޓްމަންޓްތަކުން އެނގޭ ކަމަށް ވެސް އަމުރުގައިވެ އެވެ.
އެ މައްސަަލައިގައި ދިފާއުގައި ޝާހިލް ބުނީ އެއީ އޭނާގެ ރައްޓެހި އަބްދުﷲ ކިޔާ މީހަކު ކުރި ކަމެއް ކަމަށާއި ޖަމާވި ފައިސާއިން ބައެއް ބޭނުންކުރި ކަމަށެވެ. އަދި ބާކީ ފައިސާ އަބްދުﷲ ބުނެގެން ޓްރާންސްފާކުރީ ކަމަށް ވެސް ބުންޏެވެ.
އެ މައްސަލައިގައި ޝާހިލް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އަމުރުކުރީ 15 ދުވަހަށެވެ.