Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ލޭންޑްމާކް ޑިޒައިން މުބާރާތަށް އަލުން ހުޅުވާލައިފި

ރާއްޖެ އަންނަ ޓޫރިސްޓުންނަށް އަމާޒުކޮށް ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ބެހެއްޓުމަށްޓަކައި ޓަކައި ތައްޔާރު ކުރަން ނިންމާފައުވާ ލޭންޑްމާކްތައް ޑިޒައިން ކުރުމުގެ މުބާރާތަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރްސީ) އިން އަލުން ހުޅުވާލައިފި އެވެ.

މި މުބާރާތުގައި 18 އަހަރުން މަތީ ކޮންމެ ދިވެއްސަކަށް ވެސް ބައިވެރިވެވޭނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ މުބާރާތުން އެންމެ މަތިން ހޮވޭ 10 ޑިޒައިނަކަށް ރ. ގެ ފައިސާގެ އިނާމަކާއި ސްޕޮންސަކުރާ ފަރާތްތަކުގެ ގިފްޓް ޕެކޭޖެއް ލިބޭނެ ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ސުންގަޑި އަކީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އެވެ. ބައިވެރިވާން ރަޖިސްޓްރީވާނީ މި މެއިލް މެދުވެރިކޮށެވެ. އަދި ލޭންޑްމާކް ޑިޒައިން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑި އަކީ އަންނަ މަހުގެ 28 ގެ ހަވީރު 6:00 އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގައި ސެޝަނެއް އޮންނާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.