ސީ-ޓު-އެއާ ކާގޯ ހިދުމަތް ފެށި މިހާތަނަށް 1078 ޓަނަށް ވުރެ ގިނަ މުދާ އުފުލާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
މި ޚިދުމަތުން މިހާތަނަށް އުފުލާފައިވާ މުދަލުގެ ޖުމްލަ އަދަދަކީ 258 ޓީއީޔޫ (ޓްވެންޓީ ފޫޓް އިކުއިވެލެންޓް ޔުނިޓް) ކަމަށް އެމްޕީއެލް އިން ބުންޏެވެ މިއީ ކަނޑާއި ވައިގެ ދަތުރުފަތުރު އެއްކޮށްލައިގެން ދެވޭ ޚިދުމަތެއްގެ ގޮތުގައި ފެށުނު މި ޚިދުމަތުން ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސީ-ޓު-އެއާ ކާގޯގެ ޚިދުމަތުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރީގައި ރާއްޖޭގެ ދައުރު އިތުރުވެ، އިގުތިޞާދީ ގޮތުން ފައިދާތަކެއް ބޮޑު ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ދާއިރާ ތަރައްޤީކޮށް، ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ކުރިއެރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ކަމާ ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަން ހަމަޖެހިފައިވެ އެެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ފެށި ސީ-ޓު-އެއާ ކާގޯގެ ހިދުމަތާ މިހާތަނަށް ބޭރުގެ 13 އެއްހާ އެއާލައިންތަކުން ބައިވެރިވެފައިވެ އެވެ.
މިއީ އެމްޕީއެލާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) ގުޅިގެން ފެށި ހިދުމަތެކެވެ.