Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

އިތުރު 3 ކައުންސިލަކަށް ފަޅުރަށް ދީފި

ކައުންސިލުތައް މާލީ ގޮތުން ބާރުވެރިކުރުމަށް ފަޅުރަށް ދޫކުރަން ފެށި މަސައްކަތުގެ ތެރެއިން އިތުރު ތިން ކައުންސިލަކަށް ހަތަރު ފަޅުރަށް ދޫކޮށްފި އެވެ.

ފަޅު ރަށްތައް ހަވާލުކުރެވުނު ކައުންސިލުތަކާއި ދިން ރަށްތައް:

* ރ. އިނގުރައިދޫ ކައުންސިލަށް އެ އަތޮޅު ނެޔޮ
* ދ. އަތޮޅު ކައުންސިލަށް އެ އަތޮޅު މިނިމަސްގަލި އަދި ފެންފުށި
* ލ. މާވަށް ކައުންސިލަށް އެ އަތޮޅު ބޮޑުމާބުޅައި

މި ރަށްތަކުގެ އެއްބަސްވުންތަކުގައި މިއަދު ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން އެވެ. ކައުންސިލުތަކުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކައުންސިލުތަކުގެ ރައީސުންނެވެ.

ކައުންސިލްތައް އިގުތިސާދީ ގޮތުން ބާރުވެރިކުރުމަށް އިގުތިސާދީ ހަރަކާތްތައް ހިންގުމަށްޓަކައި 28 ރަށެއް ދޫކުރުމަށް ހަމަޖައްސާފައިވާއިރު، އެ ރަށްތަކާ މެދު އަމަލުކުރާނެ ގޮތް ކަނޑައަޅައި، ރައްޔިތުންގެ ބައިވެރިވުމާ އެކު ރައްޔިތުންގެ ސީދާ މަންފާ އަށް ވަނީ ހާއްސަކޮށްފަ އެވެ.

ކައުންސިލުތަކަށް ފަޅު ރަށްތައް ދޫކުރަން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 18 ގަ އެވެ.