Last Updated: April 30, 23:11
Wednesday, April 30, 2025
ޚަބަރު

ރޯދަ ހަދިޔާއާ އެކު ދޯނި ފަރަށް އަރައިފި!

އަމިއްލަ ކުންފުންޏަކުން ގއ. ނިލަންދު އާއި އެ އަތޮޅު ދާންދު އަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރި ދޯންޏެއް މިއަދު ފަރަށް އަރައިފި އެވެ.

ދެ ރަށަށް ކާޑުގެ ބާވަތްތައް ހަދިޔާކުރީ ލިއޯ ޓްރޭޑިންއިންނެވެ.

ކާޑު ހިފައިގެން ދިޔަ އެ ކުންފުނީގެ "ލިއޯ ވިންގް" ދޯނީ ފަރަށް އަރައި ދޯނި އަރި އަޅާލައި، ކާޑު ބަސްތާތައް ވަނީ ކަނޑަށް ވެއްޓިފަ އެވެ. މި ހާދިސާ ހިނގި އިރު، އޭގައި ތިން ބާވަތުގެ ކާޑު ހިމެނޭ ހޮތަށް 1،070 އަށް ވުރެ ގިނަ ބަސްތާ ހުއްޓެވެ.

މި ހަނޑުލާއި ފުށާއި ހަކުރަކީ ލިއޯ ޓްރޭޑިންގެގެ ޗެއާމަން އަބްދުﷲ ސަވާދު ރޯދަ ހަދިޔާގެ ގޮތުގައި ނިލަންދު އާއި ދާންދު އަށް ފޮނުވި ކާޑެވެ.

ފަރަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ