ވަރަށް އަވަހަށް އެއާޕޯޓެއް ވެސް ހުޅުވަން ތައްޔާރުވަމުން އަންނަ މ. މުލީގައި ދެ ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފި އެވެ.
މުލީ ކައުންސިލުން ބުނީ ރަށުގެ ޓޫރިޒަމް ޒޯނުން ގެސްޓްހައުސްތަކެއް ހިންގަން 50 އަހަރުގެ މުއްދަތަށް 8،000 އަކަފޫޓްގެ ބިން ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންވެ ގެސްޓްހައުސްތައް ތަރައްގީކޮށް، ހިންގައި މެނޭޖްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މާޗް މަހުގެ 10 އާ ހަމަަށެވެ. މިކަމަށް ވިއްކާ ބިޑް ޑޮކިއުމަންޓްގެ އަގަކީ 5،000ރ. އެވެ. ބިޑް ޑޮކިއުމަންޓް ވިއްކާނީ އަންނަ މަހުގެ 9-13 އަށެވެ.
މުލީ ކައުންސިލުން ބުނީ ބީލަމުގައި ބައިވެރިވާން ބޭނުުންވާ ފަރާތްތަކުން ރަޖިސްޓްރީވާން ޖެހޭނެ ކަމަށާއި އެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 6 އާ ހަމައަށް ކަމަށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ކައުންސިލްގެ ނަމްބަރު 6720508 އާއި ހޮޓްލައިން ނަމްބަރު 9774475 އިން ހޯދޭނެ އެވެ.
މުލީގައި ގެސްޓްހައުސްތަކެއް ހިންގަން ކައުންސިލުން ބީލަމަށް ހުޅުވައިލި އިރު، ރީޖަނަލް އެއާޕޯޓްސް އިން ތަރައްގީ ކުރަމުން އަންނަ އެއާޕޯޓް އަންނަ މާޗް މަހުގެ ތެރޭގައި ހުޅުވަން އޮތީ އަމާޒު ހިފައިފަ އެވެ.