Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ހއ. މުރައިދޫގައި ގާއިމު ކުރަން ނިންމާފައިވާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފި އެވެ.

އެތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތިލަދުންމަތީގެ 10 ރަށަކަށް ފެއްޓެވި ދަތުރުގެ ތެރެއިން އެންމެ ފުރަތަމަ މުރައިދު އަށް ވަޑައިގަތުމާ އެކީގަ އެވެ.

އެގޮތުން އެ ރަށުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ. އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ބައިވެރިވަޑައިގަތެވެ.

ރައީސް މިދިޔަ ހަފުތާގައި ރ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން އެ އަތޮޅުގެ މާކުރަތާއި އިންނަމާދޫގެ ޕޮލިސް ޕޯސްޓްގެ ބިންގާ އެޅި އެވެ.

މުޅި ރާއްޖެ އަށް ފުލުހުންގެ ހިދުމަތް ފުޅާކުރަމަށް މިހާރު އަންނަނީ މަސައްކަތްތައް ކުރަމުންނެވެ.