އިން މާލެ އާއި ހުޅުމާލޭގައި ހިންގާ ޝެޑުތަކުން ފުޅި އާއި ހަމަށް ތެޔޮ އަޅާ އުސޫލަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބަދަލު ގެނެސްފި އެވެ.
އެ ކުންފުނިން ގެނައި ބަދަލާ އެކު އަންނަ މަހުގެ 1 އިން ފެށިގެން ކަސްޓަމަރު އައިޑީކާޑު ހިފައިގެން ދިޔުމުން ފުޅިއަކަށް ގިނަވެގެން ދޫކުރާނީ ދުވާލަކު 3 ލީޓަރުގެ ތެލެވެ. އަދި ހަމަށް ތެޔޮ ދޫކުރާނީ ޑިންގީ ނުވަތަ ލޯންޗެއްގެ ރަޖިސްޓްރީއަށް ބަލައި، ދުވާލަކު ގިނަވެގެން 80 ލީޓަރެވެ.
އެސްޓީއޯގެ ދަށުން ހިންގަމިން އަންނަ އެފްއެސްއެމުން މިފަދަ ބަދަލެއް ގެންނަން ނިންމީ ސަލާމަތީ މިންގަނޑުތަކަށް ބަލައި އުސޫލަށް ބަދަލު ގެންނަން ފެންނާތީ، ހިދުމަތް ހޯދާ މީހުންނަށް އަވަހަށް ހިދުމަތް ފޯރުކޮށް ދިނުމަށް ކަމަށެވެ.