Last Updated: April 21, 16:03
Monday, April 21, 2025
ޚަބަރު

ހަށިވިއްކި އިތުރު ބަޔަކު އަތުލަގެންފި

މާލޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުން ދިޔަ ބަޔަކު އަނެއްކާ ވެސް އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީން ހޯދުމަށްޓަކައި، ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަންތަކެއްގެ ދަށުން، ވިއެޓްނާމްގެ 4 އަންހެނަކާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ އެ އިދާރާ އިން ބުނީ އެޖެންޓްގެ އިތުރުން އަތުލައިގަތް ހަތަރު އަންހެނުންގެ ތެރެއިން ތިން މީހަމކު އަންހެނުން ރާއްޖޭގައި އުޅެމުން ދިޔައީ ވޯކް ވިސާގައި ކަމަށެވެ.

އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް ފަހު، މީގެ އެކަކު މިހާރު ޑިޕޯޓްކޮށްފައިވާ އިރު، ބާކީ ތިބި ހަތަރު ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.