Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ވައުދުތައްވާތީ އިދިކޮޅުން ކަންބޮޑުވޭ: ރައީސް

ރަށްރަށް ވަޑައިގެން ރައްޔިތުންނަށް ކަންކަންކޮށް ދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންދާތީ އިދިިކޮޅު ފަރާތްތަކުން އެކަމަށް ފާޑުކިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތިލަދުންމަތީގެ 10 ރަކަށަކަށް އެ މަނިކުފާނު މިއަދު ފެއްޓެވި ދަތުރުގެ ތެރެއިން އެންމެ ފުރަތަމަ ރަށަކަށް މުރައިދު އަށް ވަޑައިގެން ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޕްލޭނެއް ނެތި އަދި ބަޖެޓްގައި ވެސް ނުހިމެނޭ ކަންކަން ކޮށް ދެއްވާނެ ކަމަށް ވިދާޅުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ނަމަވެސް އެ މަނިކުފާނުގެ ވައުދުތައް ހުރީ ފޮތެއްގައި ސާފުކޮށް ލިޔެވިފައިވާ ކަމަށާއި ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވަނީ އެ ކަންކަމުގެ ވާހަކަ ކަމަށް ވިދާޅުވި އެވެ. އެހެންވެ އެއްވެސް ޕްލޭނެއް ނެތި ހަމަ އެ ވަގުތަކު ހިތަށް އަރާވަޑައިގަންނަވާ ވާހަކަތަކެއް ދައްކަވަނީ ނޫން ކަމަށް ވިދާޅުވި އެވެ.

"މިއީ ހަމަ ސްޕޮންޓޭނިއަސްލީ ދައްކާ ވާހަކަތަކެއް ނޫން." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަނީ ސީދާ ކޮށް ދެއްވާނެ ކަންކަމުގެ ވާހަކަ ކަމަށެވެ. އެހެންވެ ހުރިހާ ވައުދުތަކަށް ވެސް ފުއްދަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނު ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ވީހާ ގާތުން ބައްދަލު ކުރައްވަނީ ވެސް ރައްޔިތުން ބޭނުންވާ ކަންކަން ކޮށެއްދުމަށް ބޭނުންވާތީ އެވެ.

އެހެންވެ މުރައިދު އަށް ދަތިވެފައި ހުރިހާ ކަމެއް ވެސް ހައްލުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.