Last Updated: April 21, 15:31
Monday, April 21, 2025
ޚަބަރު

ހިދުމަތް ދިނުމުގައި އާބާދީއަކަށް ނުބަލާނެ: ރައީސް

ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމުގައި އާބާދީގެ ކުޑަބޮޑު ނުބަލައި ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށް ވެސް ބޭނުންވާ ކަންކަން ކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. ތަކަންދޫ ރައްޔިތުންނާ އެކު މިއަދި ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ ތަކަންދު އަކީ ތާރީހީ ގޮތުންނާއި ގައުމިއްޔަތު ތަރައްގީ ކުރުމުގައި އެ މަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ ތެރއިން މުހިންމު ދައުރެއް އަދާކުރާ ރަށެއް ކަމަށެވެ.

ރައީސް ވިދާޅުވީ ގައުމީ ވިސްނުމެއްގައި ތަކަންދު އަކީ "ސަމާލުކަން ދޭން ޖެހޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

"އާބާދީގެ ގޮތުން ރަށުން ބޭރުގައި މާލޭގައި ގިނަ ރައްޔިތުން އުޅުނު ނަމަވެސް ރަށުގައި މަދު ރައްޔިތުން އުޅުނު ނަމަވެސް އެއެއް ނޫން މި ރަށުގެ ތަރައްގީގެ ކަންކަމުގައި ބަލަން ޖެހޭ ކަންކަމަކީ،" ރައީސް ވިދާޅުވި އެވެ. "އަދި އެންމެ މަދުން ރައްޔިތުން އުޅުނު ކަމުގައި ވިޔަސް އަޅުގަނޑުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ހިދުމަތް ދިނުން. އޭގެ އިތުރުން މި ދަންނަވަނީ، ގައުމުގެ ތާރީހުގެ ހިމާޔަތް ކުރުުމުގެ ސިޔާސަތުން ބަލާއިރު ވެސް ވަރަށް މުހިންމު އިސްކަމެއް ދޭން ޖެހޭ ޔުނިކް ކަމެއް ލިބިގެންވާ ރަށެއް މިއީ."

އެ މަޝްރޫއުގެ ތެރެއިންނާއި އެ ނޫން ވެސް ގޮތް ގޮތުން ތާރީހީ ތަންތަނަށް ރަނގަޅަށް ބަލަހައްޓައި ކުރިއަށް އޮތް ޖީލުތަކަށް އެ ތަންތަން ފޯރުކޮށް ދިނުމަށްޓަކައި ކުރަން ޖެހޭ އެންމެހާ ކަންކަން ކުރިއަށް ދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ތަކަންދޫގައި ހުރި ތާރީހީ ތަންތަން ދިގު ރާސްތާއަކަށް ހިމާޔަތް ކުރެވިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭގެ ނަތީޖާއަކަށް ވާނީ މިހާރު އޮތް ޓޫރިޒަމްގެ ކޮންސްޕެޓް ފުޅާކޮށް، ސަގާފީ ޓޫރިޒަމަށް ވެސް މަގުފަހިވުން ކަމަށެވެ.