ހއ. ތަކަންދޫ ކައުންސިލްގެ އިދާރާގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
އެތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށަށް ވަޑައިގަތުމާ ގުޅިގެންނެވެ. ތަކަންދޫ ކައުންސިލްގެ ބިންގާ އަޅުއްވައި ދެއްވީ އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
ކޮންޓްރެކްޓަ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ހުރިހައި ރަށެއްގެ ކައުންސިލް އިދާރާގެ، އާ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާ އެވެ.