އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން ކުރިއަށް އޮތް ރޯދަ މަހު ވެސް، އިހުޔާ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމައި އެ ޕްރޮގްރާމް ތާވަލު މިއަދު އާންމުކޮށްފި އެވެ.
"ދަރުމަ ފޯރަމް" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި ޖުމްލަ ފަސް ފޯރަމް ބާއްވާނެ އެވެ.
އެ ފޯރަމްތައް ބާއްވަން ހަމަޖެހިފައި ވަނީ އައްޑޫގެ ސްކޫލްތަކުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ ސްކޫލް، މަރަދޫ އިރުޝާދިއްޔާ ސްކޫލް، ފޭދޫ ސްކޫލް، ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާ އަދި ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލެވެ.
އަންހެނުންގެ ކޮމިޓީން ބުނީ ކޮންމެ ފޯރަމެއްގައި ވެސް ހާޒިރުވ މީހުންގެ މެދުގައި ގުރުއަތު ނަގައި ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ވެސް ދޭނެ ކަމަށެވެ.