Last Updated: February 23, 11:01
Sunday, February 23, 2025
މުނިފޫހިފިލުވުން

'ހިންތާ' ގެ ކެރެކްޓާ ޕޯސްޓަރުތަކެއް

މީޑިއާނެޓްގެ އެމްއެސް ވީޑިއޯކްލަބުން މާދަމާ ޕްރީމިއާކުރަން ހަމަޖެހިފައިވާ އާ ސީރީޒް "ހިންތާ" ގެ މައިގަނޑު ކެރެކްޓާތަކުގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

އަންހެން ކެރެކްޓާއެެއްގެ ވަށައިގެން އެނބުރޭ ވާހަކައެއް ކިޔައިދޭނެ މި ސީރީޒްގެ އެންމެ މުހިއްމު ތަރިއަކީ މި ފަހުން އެކި އުފެއްދުންތަކުން ފެންނަމުން އަންނަ އާ މޫނު، އައިޝަތު ރާއިޝާ އެވެ.

ނުފޫޒު ގަދަ ވިޔަފާވެރިއެއްގެ ރޯލު އޭނަ ކުޅެފައިވާ ސީރިޒްގައި ކެރެކްޓާގެ ނަމަކީ ޔުމްނާ އެވެ.

"ހިންތާ" ގައި ޔުމްނާގެ ކެރެކްޓާގެ ބައްޕައެއްގެ ރޯލުން ތަޖުރިބާކާރު އެކްޓަރު ދަރާ މުހައްމަދު ރަޝީދު ފެނިގެންދާނެ އެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ ސީރީޒްގެ އިތުރު ކާސްޓުންގެ ތެރޭގައި ސާމީ ހުސައިން، ތާތި އާދަމް، ޝާއްކޮ އައްމަޑޭ، ރޯނު ހަސަން މަނިކު އަދި މުހައްމަދު އަފްރާހް ހިމެނެ އެވެ. މި ތަރިންގެ އިތުރުން ވެސް "ހިންތާ" އިން އިތުރު ފަންނާނުންތަކެއް ފެންނާނެ އެވެ.

މި ސީރީޒަކީ ޒަރީރުގެ އެއްކާފު އާއި މީޑިއާނެޓް ގުޅިގެން ގެނެސްދޭ ދެވަނަ ސީރީޒްގެ އެވެ. އެ މީހުންގެ ފުރަތަމަ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ގަރީނާ" އެވެ.

"ހިންތާ" މާދަމާ ޕްރީމިއާކުރާ އިރު، މީގެ ހަފުތާއެއް ކުރިން އާންމުކޮށްފައިވެ އެވެ.

ވީޑިއޯކްލަބުން އެންމެ ފަހުން ޕްރީމިއާކުރި އާ ސީރީޒަކީ މިދިޔަ މަހުގެ 30 އިން ފެށިގެން ގެނެސްދޭން ފެށި ޑާކް ރެއިން އެންޓަޓައިންމަންޓްގެ 15 އެޕިސޯޑްގެ "ރޯލީމޭ" އެވެ.