Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ޓްރާންސްފޯމަރަކުން ވައްކަން ކުރަނިކޮށް ހައްޔަރުކޮށްފި

ސްޓެލްކޯގެ ޓްރާންސްފޯމަރި ސަބްސްޓެންޝަނަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

އެ ކުންފުނިން ބުނީ އެ މީހާ ހައްޔަރުކުރީ ރޭ މެންދަމު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅެނިކޮށް ސީސީޓީވީ ކެމެރާއިން ފެނި، ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ކަމަށެވެ.

ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގެއްލުން ދިނުން ފަދަ މައްސަލަތައް މި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، މިމަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުމުން ސްޓެލްކޯ މުވައްޒަފުންތަކަކަށް ހަމަލާދީ މާރާމާރީ ވެސް ހިންގާފައިވެ އެވެ.

އެ މައްސަލައިގައި 37 އަހަރުގެ މީހަކު ހައްޔަރު ވެސް ކުރި އެވެ.