މޯލްޑިވްސް ޒަކާތު ހައުސްގެ އާ އޮފީސް އިމާރާތުގެ ބައެއް ފަންގިފިލާތައް ކުއްޔަށް ދީގެން ލިބޭ އާމްދަނީ ޒަކާތުގެ ޙައްޤުވެރިންނަށް ދޭނެ ކަމށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
ޒަކާތު ހައުސްގެ އިމާރާތާ ގުޅޭ ގޮތުން މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ "ބައިތުއްޒަކާތު" ގެ ނަމުގައި އިމާރާތްކުރާ 10 ބުރީގެ ޒަކާތު ހައުސްގެ އޮފީސް އިމާރާތުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ.
"މި އިމާރާތް ވެގެންދާނީ ޒަކާތުގެ އިދާރާގެ އިތުރުން އޮފީސް ބައިތަކަށް ކުއްޔަށްދެވޭ ޒަކާތު ފަންޑުގެ ދިހަ ބުރީގެ ފުރަތަމަ އިންވެސްޓްމަންޓަށް." ޝަހީމް ވިދާޅުވި އެވެ.
ރާއްޖޭގެ ޒަކާތުގެ ދާއިރާ ހަރުދަނާ ކުރަން ޒަކާތު ހައުސް އުފެއްދީ ޑިސެމްބަރު 18، 2023 ގަ އެވެ. އަދި އެ ތަން ރަސްމީކޮށް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 2 ގަ އެވެ.
ރާއްޖޭގައި މިހާރު މުދަލުގެ ޒަކާތް ދައްކާ މީހުން ވެސް އިތުރުވަމުން އަންނަ އިރޔު، މިދިޔަ އަހަރަކީ ޒަކާތަށް ރެކޯޑް އަދަދެއް ވެސް ލިބުނު އަހަރެކެވެ. އެގޮތު މުދަލު ޒަކާތުގެ ގޮތުގައި 101 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.