Last Updated: April 21, 15:31
Monday, April 21, 2025
ޚަބަރު

އަންހެން ފުލުހުންނަށް ލީޑަޝިޕް ސެޝަނެއް ބާއްވައިފި

ފުލުހުންގެ ކޮމިޝަންޑު އަންހެން އޮފިސަރުންނަށް ހާއްސަކޮށްގެން ލީޑަޝިޕް އެންޑް މެންޓަރިން ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އިންތިޒާމުކޮށްގެން އިއްޔެ ކުރިއަށް ގެންދިޔަ މި ސެޝަނަކީ، ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީގެ އެހީތެރިކަމާ އެކު ބޭއްވި ސެޝަނެކެވެ. ސެޝަން ނަންގަވައި ދެއްވީ ހިއުމަން ރިސޯސް އޯގަނައިޒޭޝަން ޑިވެލޮޕްމަންޓްގެ ދާއިރާއިން ޕީއެޗްޑީ ޙާސިލުކުރައްވާފައިވާ ޑރ. ރުބީނާ މާލިކް އެވެ.

ސެޝަނުގައި،ކާމިޔާބު މެންޓަޝިޕަކަށް މެންޓާގެ މައިންޑްސެޓްގެ މުހިންމުކަމާއި، ފޯމަލް އަދި އިންފޯމަލް މެންޓަޝިޕްގެ ތަފާތުތަކާއި، ފޯމަލް މެންޓަޝިޕް ފްރޭމްވޯކެއް ތައްޔާރުކުރާ އިރު ވިސްނަންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

މި ސެޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މެންޓަޝިޕް ސަގާފަތެއް ތަރައްގީކުރުމާއި، އަންހެން މުވައްޒަފުން ބާރުވެރިކުރުވުމާއި ތަރައްގީ ކުރުމުގައި މެންޓަޝިޕްގެ މުހިންމު ދައުރު ފާހަގަކުރުމުގެ އިތުރުން ލީޑަޝިޕް ތަރައްގީކުރުމުގައި އަންހެން މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

ސެޝަނުގައި 19 އަންހެން އޮފިސަރުން ބައިވެރިވި އެވެ.