Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

އިންޑިއާގެ ދެ މީހަކު ޑިޕޯޓްކުރަނީ

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ފުލުހުހުން ބުނީ އެ ދެ މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ އަކާހިލް ތަޕްރަވަން، 29، އާއި އަމްދާ ޕަންޑިއަން، 44، ކަމަށެވެ.

އެ ދެ މީހުންނަކީ މީގެ ދެ ދުވަސް ކުރިން މާލޭގައި ހިންގި މި އޮޕަރޭޝަނެއްގައި އަތުލައިގަތް ބައެކެވެ. އަދި އެ މީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ ތަނެއް ބަލައިފާސް ކުރި އިރު ބަަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ބާލިދީއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ވެސް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ