މަސައްކަތް ނިމިފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް އައްޑޫ ހަންކެޑެ އާ ބްރިޖް އަންނަ މަހުގެ 1 ގައި ހުޅުވަން ނިންމައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ އަންނަ ހޮނިހިރު ދުވަހު އާންމުންނަށް ބްރިޖް ހުޅުވައިލަން ނިންމާފައިވާ ކަމަށެވެ.
މި ބްރިޖް ހުޅުވާ ނުލައި ގިނަ ދުވަސްތަކެއްވެފައިވާތީ އައްޑޫ ސިޓީ ކައުންސިލާއި އާންމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މި ބްރިޖަކީ އިންޑިއާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓްގެ ތެރެއިން ހަދާފައުވާ ބްރިޖެކެވެ. ދެހާސް އެކާވީހުގައި މަސައްކަޔް ފެށި ބްރިޖް ހެދީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއިންނެވެ.
ހަންކެޑެ އާ ބްރިޖަކީ އިންޓަރަގްރޭޓެޑް ޓޫރިޒަމަށް ހަންކެޑެ އެތަން ތަރައްގީ ކުރަން ނިންމާފައިވާތީ އެ ރަށުގެ ބިމަށް ޖާގަ ހޯދުމުގެ ގޮތުން ލިންކް ރޯޑްގެ ތެރެއިން ހަންކެޑެ އާއި ގައުކެނޑިއާ ދެމެދު މިހާރު އޮތް ބަރިޖްގެ ބަދަލުގައި ހެދި ބްރިޖެކެވެ. އަދި އާ ބްރިޖް މިހާރު އޮތީ ގައުކެނޑި އާއި މަރަދޫ ބޮޑުމަގުގެ ކޮޅުން ގުޅޭ ގޮތަށެވެ.
ހަތަރު ލޭން ހިމެނޭ މި ބްރިޖަކީ ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގު ބްރިޖެކެވެ.
ހިޔާލު ފާޅުކުރައްވާ