Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

މި މަހު 200،000 އަށް ވުރެ ގިނަ ޓޫރިސްޓުން

މި މަހުގެ މިހާތަނަށް ރާއްޖެ އަށް 200،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ އިއްޔެގެ ނިޔަލަށް ޖުމްލަ 200،241 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 180،239 ޓޫރިސްޓުންނެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ މިދިޔަ އަހަރު ވެސް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާއިންނެވެ. އެ ގައުމުން އިއްޔެގެ ނިޔަލަށް 31،388 ޓޫރިސްޓުން އައިސްފައިވެ އެވެ.

ގަދަ ފަހެއްގައި ދެން ހިމެނޭ ގައުމުތަކަކީ ރަޝިއާ (20،902 ޓޫރިސްޓުން)، އިޓަލީ (19،042 ޓޫރިސްޓުން)، އިނގިރޭސިވިލާތް (17،714 ޓޫރިސްޓުން) އަދި ޖަރުމަން (11،697 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން އަ އެވެ.