މިއަދުން ފެށިގެން ޕީޕީއެމް އުވާލައިފި އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ ސިޔާސީ ޕާޓީގެ ޤާނޫނު ގެ 30 ވަނަ މާއްދާގެ (ހ )ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އެ އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްހުށަހަޅާފައިވާތީ، މިއަދުން ފެށިގެން ޕީޕީއެމް އުވުނީ ކަމަށެވެ.
އެ ޕާޓީ އުވައިލި އިރު، ދަފުތަރުގައި ތިބި މެންބަރުންގެ އަދަދު 12،000 އަށް އަރަ އެވެ.
ރާއްޖޭގައި ކުރިން އެންމެ ނުފޫޒު ގަދަ އެއް ޕާޓީގެ ގޮތުގައި ފާހަގަކޮށްލެވުނު ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ނިންމީ މިދިޔަ މަހުގެ 2 ގަ އެވެ. އެގޮތަށް ނިންމީ ސެެނެޓް ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ.
ޕީޕީއެމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި އެންމެ ވަރުގަދަ ޕާޓީ އެވެ.