Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ޓޫރިޒަމް މިނިސްޓަރަކަށް އަމީން އައްޔަން ކުރަނީ

މަގާމުން ވަކިކުރި ފައިސަލާ އެކު އަމީން.

ޓޫރިޒަމް މިނިސްޓަރުުގެ މަގާމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އައްޔަން ކުރަން ނިންމާފައިވާކަން އެނގިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގާމަށް އޭނަ ވަރަށް އަވަހަށް އައްޔަން ކުރާނެ އެވެ. އެހެންވެ އަމީންގެ ބަަދަލުގައި ޓްރާންސްޕޯޓް މިނިސްޓަރަކަށް އެހެން ބޭފުޅަކު އައްޔަން ކުރާނެ އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައު ހުންނެވި އިބްރާހީމް ފައިސަލް މި ހަފުތާގެ އަންގާރަ ދުވަހު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. މިހާރު އެ މިނިސްޓްރީ ހިންގުން ހަވާލުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ އެވެ.

ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.