Last Updated: November 25, 20:08
Monday, November 25, 2024

އައްޑޫ އާއި ދިމާލުން ކަނޑައިގެން ދިޔަ އޮއިވާލި ކަނދުފަތި އަލުން ހަރުކޮށްފި

ކަނޑައިގެން ދިޔަ ކަނދުފަތި އަލުން ހަރުކޮށްފައި. އައްޑޫލައިވް ފޮޓޯ: މޫސާ ދީދީ

އައްޑޫ އާއި ދިމާލުން އަޅާފައިވާ އޮއިވާލި ކަނދުފަތިތަކުގެ ތެރެއިން ކަނޑައިގެން ގޮސްފައިވާ، ކަނދުފަތި އަލުން ހަރުކޮށްފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ސ.ފޭދޫ އާއި ދިމާލުގައި އަޅާފައިވަނިކޮށް ކަނޑައިގެން ދިޔަ ކަނދުފަތި، މަރާމާތުކުރުމަށް ފަހު އަލުން ހަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އެ ކަނދުފަތި ހަރުކޮށްފައިވަނީ، ސ.ގަމުގެ ހުޅަނގު ދެކުނުން 17 މޭލު ބޭރުގައެވެ.

މި ކަނދުފަތީގެ އިތުރުން ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އަޅާފައިވާ އޮއިވާލި ކަނދުފަތިތަކުގެ ތެރެއިން ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކޮށް އަލުން އެޅުމުގެ މަަސައްކަތް ފިޝަރީޒް މިނިސްޓްރީ އިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޮއިވާލި ކަނދުފަތިތަކަކަކީ މަސްވެރިންނަށް މަސްއައިންތައް ހޯދުމަށް ފަަސޭހަކޮށް ދިނުމުގެ ގޮތުން އަޅާފައިވާ ކަނދުފަތިތަކެކެވެ. ނަމަވެސް މި ކަނދުފަތިތަކަށް ގެއްލުން ލިބޭގޮތަށް ބައެއް މަސްވެރިން އަމަލުކުރަމުން ގެންދާކަން ފިޝަރީޒް މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައެވެ.