ރާއްޖޭގެ މަޝްހޫރު ދީނީ ޖަމިއްޔާއެއް ކަމަށްވާ ސަފަލުން ދާދި ފަހުން ވަކިވި އަލީ ރަމީޒް އާ ޖަމިއްޔާއެއް އުފައްދައިފި އެވެ.
މިކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް އޭނަ ބުނީ އާ ޖަމިއްޔާގެ ނަމަކީ "މަންފާ" ކަމަށެވެ.
މިއީ އިސްލާމް ދީނުގެ ރިވެތި ވަޢުޡާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދީ، އިސްލާމީ ދަންމަރު މި ދީބުގައި ނެގެހެއްޓުމުގެ މަތިވެރި ނިޔަތާއެކު، ދީނީ، އިންސާނީ އަދި އިޖްތިމާޢީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައި ދިނުމަށް މަސައްކަތްކުރުމުގެ މާތް މަޤްޞަދުގައި އަޅުގަޑުމެން އުފައްދި ޖަމިއްޔާއެއް ކަމަށް އަލީ ރަމީޒް ބުންޏެވެ.
"މި ޖަމިއްޔާ މަންފާގެ ނަމުން ނަންދީ ރަޖިސްޓްރީ ކުރިކަމުގެ އުފާވެރި ޚަބަރު ތިޔަ ލޮބުވެތި އަޚުންނާ އުޚުތުންނަށް އަރުވަން." އޭނަ ބުންޏެވެ.
އަލީ ރަމީޒް ސަލަފް ޖަމިއްޔާ އިން ވަކިވިކަން އިއުލާންކުރީ މިދިޔަ މަހުގެ 21 ގަ އެވެ. ނަމަވެސް 2006 ގައި އުފެއްދި އެ ޖަމިއްޔާއިން ވަކިވި ސަބަބެއް އޭނަ ހާމައެއް ނުކުރެ އެވެ.
އަލީ ރަމީޒު، 53، އަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ އެވެ. އޭނާ ލަވަކިޔުން ހުއްޓާލީ 2003 ގަ އެވެ.