Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ހިމާޔަތްކޮށްފައިވާ ތަންތަން ބަލަހައްޓަން މީހުން ބިނާކުރަނީ

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެކަށޭނަ ގޮތުގައި ބެލެހެއްޓުމުގެ ކޯހެއް ފަރުމާކޮށް އެ ކޯހުގެ ތަމްރީނުދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުން ހެދީ ގައުމީ ޔުނިވަސިޓީ އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ދެމެދު އެވެ.

މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ޒާހިރެވެ. ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

މިނިސްޓްރީން ބުނީ މިއީ އެތަނުން ކުރިއަށް ގެންދާ "އެންދެރި" މަޝްރޫޢުގެ ދަށުން ވެވުނު ހެދި އެެއްބަސްވުމެއް ކަމަށާއި މީގެ މަގިުސަދަކީ ރާއްޖޭގެ ތިމާވެއްޓާއި، އިޖްތިމާއީ އަދި އިދާރީ ހިންގުމުގެ ޚާއްސަ ސިފަތަކަށް ބައްޓަންކޮށްގެން ކޯހެއް ފަރުމާކުރުން ކަމަށެވެ.

އެގޮތުން މީގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނަ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ހުރި މީހުން އުފައްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ލ. އަތޮޅަށް ޚާއްސަކޮށްގެން ހިންގާ މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖުތިމާޢީ ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމި ކަމުގެ މާއްދާތައް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.