Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ސީއާރްވީއެސް އައިޑީ އަލުން ޑިޒައިން ކުރަނީ

ރާއްޖޭގެ ސިވިލް ރަޖިސްޓްރޭޝަން، ވައިޓަލްސް ސްޓެޓިސްޓިކްސް އަދި އައިޑެންޓިފިކޭޝަން (ސީވީއާރްވީއެސް އައިޑީ) މެނޭޖްމަންޓް ނިޒާމު އަލުން ޑިޒައިން ކުރުމަށް ކޮންޓްރޯލް ޑޭޓާ ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ވޯލްޑްބޭންކްގެ ހިލޭ އެހީގެ ދަށުން، ހޯމްލޭންޑް މިނިސްޓްރީން ހިންގަމުންދާ "ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ކިނާނަތެވެ. ކޮންޓްރޯލް ޑޭޓާ ތައިލެންޑް) ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނާޓް ލިއުޗަރެއޮން އެވެ.

މި އެއްބަސްވުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީ ފޯރުކޮ ށްދެވޭނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ ފައުންޑޭޝަނަލް އައިޑެންޓިޓީ ސިސްޓަމް ހަރުދަނާ ކުރުމަށެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ޑީމެޑް ޕްރޮޖެކްޓްގެ ދެ ވަނަ ކޮމްޕޯނަންޓްގެ ދަށުންނެވެ.

މި ނިޒާމު ޤާއިމްކުރެވުމުން، ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އިން ބަލަހައްޓާ އީފާސް ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ހިންގުމާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އަދި ކައުންސިލްތަކުން ކުރަމުންގެންދާ އާބާދީ ބެލެހެއްޓުމުގެ މަސައްކަތްތަކާއި، ސިއްޚަތާބެހޭ ވުޒާރާ އަދި މޯލްޑިވްސް ސްޓެޓިސްޓިކަލް ބިއުރޯއަށް ބޭނުންވާ ތަފާސް ހިސާބުތައް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން، ސައްޚަކަމާއި، ރައްކާތެރިކަމާއި އަދި ރިއަލްޓައިމްކޮށް އެކަށީންގެވާ ގޮތެއްގައި ލިބުމަށް މަގު ފަހިވެގެންދާނެ އެވެ.

މި މަސައްކަތް ނިމުމާއއެކު، ޑީއެންއާރަށް ބޭނުންވާ ސޮފްޓްވެއާ އާއި ހާޑްވެއާ ހޯދުމުގެ މަސައްކަތް ޑީމެޑް ޕްރޮޖެކްޓުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ކޮންޓްރޯލް ޑޭޓާ (ތައިލޭންޑް) ލިމިޓެޑް (ސީޑީޓީ) އަކީ ޑޭޓާ ބެކަޕް ސެންޓަރެއްގެ ގޮތުގައި މަސައްކަތް ފެށި، އަދި ފަހުން އެމެރިކާގެ ކޮންޓްރޯލް ޑޭޓާ ކޯޕަރޭޝަންގެ ގޮތްޕެއްގެ ގޮތުގައި ތައިލޭންޑްގެ ސަރުކާރުގެ އިދާރާތަކަށާއި، ދައުލަތުގެ ވިޔަފާރިތަކަށާއި އަދި އަމިއްލަ ކުންފުނިތަކަށް ކޮމްޕިއުޓަރ މެއިންފްރޭމްތައް ފޯރުކޮށްދޭން ފެށި ކުންފުންޏެކެވެ.

ސީޑީޓީ އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ބަޔޮމެޓްރިކްއަށް ޚާއްޞަވެފައިވާ ޓެކްނޮލޮޖީ ޙައްލުތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.
އަދި 1990 ވަނަ އަހަރު މި ނިޒާމަށް ވޮޝިންޓަންގެ "ކޮމްޕިއުޓަ ވޯލްޑް ސްމިތްސޯނިއަން އެވޯޑް ފޮރ އިމްޕްލިމެންޓިންގް ކޮމްޕިއުޓަރ ޓެކްނޯލޮޖީ ޓު ޕްރޮޑިއުސް ބެނިފިޝަލް ޗޭންޖަސް ފޮރ ސޮސައިޓީ" އެވޯޑް ލިބިފައިވެ އެވެ.